ވެރިކަންކުރާ ޕާޓީ އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އެތެރޭގެ އިންތިހާބާ ގުޅޭ ބައެއް މައްސަލަތައް ފެންމަތިކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު، އަދި އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީގެ ތަރުޖަމާނު މުހައްމަދު ވަހީދު (ވައްޑެ) ވަނީ އިންތިހާބާ ގުޅޭ ހަތަރު މައްސަލައެއް ފެންމަތި ކުރައްވައިފައެވެ.

ޓްވިޓާގައި އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީގެ ރައީސް އިބްރާހީމް މަނިކާއި، އެ ކޮމިޓީގައި ދެން ތިއްބަވާ ދެ މެންބަރުން ކަމަށްވާ އަނަސް އަބްދުއްސައްތާރާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ޓެގް ކުރައްވައި ވައްޑެ ކުރެއްވި ޝަކުވާތަކުގެ ތެރޭގައި ހިމެނެނީ:

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ މި އިންތިހާބުގައި އިމްތިޔާޒްގެ އިތުރުން، ދެން ވާދަ ކުރައްވަނީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލެވެ.

ފޯރިގަދަ ކެމްޕެއިނަކަށް ފަހު މިއަދު ހެނދުނު 9 އިން ފެށިގެން ހަވީރު 4 އަށް ވޯޓު ލުން ކުރިއަށް ދާއިރު، މާލެއާއި އަތޮޅުތަކުގައި ޖުމްލަ 194 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އޭގެ ތެރެއިން 87 ފޮށި ހުރީ މާލޭގައެވެ. މާލޭގެ ފޮށިތައް ހުންނާނީ ސްކޫލުތަކުގައެވެ. ހުޅުމާލޭގައި ގާޒީ ސްކޫލުގައި ފޮށި ބަހައްޓާފައި ވާއިރު، ވިލިމާލޭގައި ހުންނާނީ ޔޫތު ސެންޓަރުގައެވެ

މި އިންތިހާބުގައި ޗެއާޕާސަން ހޮވަން 94،211 މެމްބަރުންނަށް ވޯޓު ލެވޭ އިރު، އަންހެނުންގެ ރޫހުގެ ރައީސް ހޮވަން 41،027 މެމްބަރުންނަށް ވޯޓު ލެވޭނެއެވެ. އަދި ޔޫތު ވިންގުގެ ރައީސް ހޮވަން 32،057 މެމްބަރުންނަށް ވޯޓު ލެވޭނެއެވެ.

ޗެއާޕާސަންގެ އިތުރުން، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާއި ޔޫތު ވިންގުގެ ރައީސް ވެސް މިއަދު ހޮވާނެއެވެ.