ނިމިދިޔަ ދެ ހަފްތާގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ 312 މީހުން ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފްތާގައި 312 މީހުންނަށް ކޮވިޑު ޖެހިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ:

  • މާލެ ސަރަހައްދުން 43 މީހުން
  • ރަށްރަށުން 222 މީހުން
  • ހަދަމުންދާ ރަށްރަށުންނާއި ރިސޯޓުތަކުންނާއި ސަފާރީތަކުން 47 މީހުން

އެ އޭޖެންސީން ބުނި ގޮތުގައި، ކޮވިޑް ޖެހުނު މީހުންގެ ތެރޭގައި މަރުވި 13 މީހަކު ހިމެނެއެވެ. ނަމަވެސް އެ މީހުންގެ މަރުވެފައިވަނީ ސީދާ ކޮވިޑުގެ ސަބަބުން ނޫން ކަމަށް ވާތީ އެ މަރުތަކަކީ ކޮވިޑު މަރުގެ ގޮތުގައި ނުބަލާ ކަމަށްވެސް ބުންޏެވެ.

އެއާއެކު، ރާއްޖޭން މިހާތަނަށް 179،483 މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައި ވެއެވެ. އޭގެ ތެރެއިން މަރުވެފައިވަނީ 298 މީހުންނެވެ.

ރާއްޖޭން ކޮވިޑް-19 ފެނި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ މީގެ ދެ އަހަރު ކުރިން މާޗު 12 ގައެވެ. އޭގެ ފަހުން ކޮންމެ މަހަކު ކުއްލި ހާލަތުގެ މުއްދަތު އިތުރުކުރަމުން އައިސް ކުއްލި ހާލަތު އުވާލާފައިވަނީ އޭގެ ދެ އަހަރު ފަހުން މިދިޔަ މާޗު 13 ގައެވެ.