މި މަހުގެ 14 ވަނަ ދުވަހު އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބުގައި ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކެމްޕެއިން ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރު ކުރައްވައި ޕާޓީގެ މެމްބަރުންނާ ބައްދަލު ކުރައްވައިފިއެވެ.
ކެމްޕެއިންގައި އިންތި އެންމެ ފަހު މަންޒިލަކަށް ވަޑައިގެންފައި ވަނީ ހދ. މަކުނުދޫއަށެވެ. އިންތި ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނާ ބައްދަލު ކުރެއްވުނު ކަމަށާއި އެމްޑީޕީގެ މެމްބަރުންނާ ހަމައަށް ވަޑައިގެންނެވިއްޖެ ކަމަށެވެ.
އިންތިގެ ކެމްޕެއިން ޓީމުން ކުރި ދަތުރުތަކުގައި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، އާއި ޕާޓީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް، ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު، މަޑަވެލި ދާއިރާގެ މެމްބަރު ފިރުޝާން ފާހަގަ ކުރެވެ އެވެ.
އިންތިއާއެކު އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލްގެ ކެމްޕެއިން ހަރަކާތްތައްވެސް ފޯރިއާއެކު ކުރަމުން އަންނައިރު އެމްޑީޕީ ތެރޭގައި އުފެދިފައިވާ ދެ ޕެކްޝަނުން ބަހުގެ ހަމަލާތައްވެސް އަންނަނީ ފޮނުވަމުންނެވެ. ދެ ކެނޑިޑޭޓުންވެސް ވައުދުތައްވަމުން އަންނައިރު ފުރައްސާރަކުރުމުގެ ތުހުމަތުތައްވެސް އަންނަނީ ކުރެވެމުންނެވެ.
ސަރުކާގެ މަގާމު ތަކުގައި ތިއްބެވި ގިނަ ބޭފުޅުންނާއި، އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މަޖިލީހުގެ ގިނަ މެންބަރުންވެސް ފައްޔާޒު ކޮޅަށް އަރާވަޑައިގަތުމަކީ އިންތިހާބު އިތުރަށް ފޯރިގަދަވެފައިވާ ސަބަބެކެވެ. ޗެއާޕާސަން ކަމުގެ މަގާމަށް ވާދަކުރައްވާ މަޖިލީސް މެންބަރު އިމްތިޔާޒު ފަހުމީގެ ފަހަތުގައި، ފެންނަނީ ރައީސް ނަޝީދަށް 100 ޕަސެންޓް ލޯޔަލް، ނަގާ ކިޔާ 6 އެއްކަ މެންބަރުންނެވެ.
މޮޅު ނުވެއްޖެ ނަމަ ވޯޓު އޯޅުވާލިއްޔޭ ކިޔާ ސަޕޯޓަރުން ގުއިރޯނުގައި ޖެއްސީމަ ނިމުނީ.