އީދާ ދިމާކޮށް ގިފްޕެކެއް ހޯދުމުގެ ފުރުސަތު އުރީދޫން ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، މިގިވްއަވޭގައި އީދު ފާހަގަކުރި ގޮތުގެ ފޮޓޯއެއް ނޫނީ ޕޯސްޓެއް ހިއްސާކޮށްގެން ގިފްޓް ޕެކެއް ލިބޭ ކަމަށެވެ.

މި ގިވްއަވޭގައި ބައިވެރިވާނީ ކިހިނެއް؟

މި ގިވްއަވޭ ކުރިއަށްދާނީ ފޭސްބުކް، އިންސްޓަގްރާމު އަދި ޓްވިޓާ މެދުވެރިކޮށެވެ.

  • އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާގައި ޕޯސްޓު ޝެއާުކުރުން
  • ހޭޝްޓެގްގެ ގޮތުގައި EidMajaa# ބޭނުންކުރުން އަދި އުރީދޫ ޓެގުކުރުން
  • ޕޯސްޓު ޕަބްލިކްކޮށް ފެންނަން އޮތުން

މިމަހު 8 ވަނަ ދުވަހުގެ 23:59 ކުރިން ސޯޝަލް މީޑިއާގައި ޕޯސްޓް ހިއްސާކުރުމަށް އުރީދޫން ވަނީ އެދިފައެވެ.

އީދު ގިފްޓް ޕެކްގެ ގޮތުގައި އުރީދޫއިން ދެނީ އާއްމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބެމުން އަންނަ ކަނޑޫދޫ މިރުސް ސޯސް ޕެކެކެވެ. މީ ކަނޑޫދޫ ދަންޑުވެރިންނަށް މިރުސް ވިއްކުމުގައި އެހީތެރިވެދިނުމުގެ ގޮތުން މާޗް މަހު އުރީދޫ އިން ބުރޭންޑެއްގެ ގޮތުގައި ތައާރަފުކޮށް މާކެޓަށް ނެރެފައިވާ ސޯސް ޕެކެކެވެ.