ފިތުރު އީދުގެ މުނާސަބަތާ ގުޅިގެން އުރީދޫން، ހާއްސަ އޮފާއެއް މިއަދު ތައާރަފް ކޮށްފައެވެ.

އުރީދޫން ބުނީ، މި އޮފާގެ ދަށުން އީދު ޗުއްޓީ ތެރޭގައި ދުވާލަކު 1 ޖީބީ ލިބޭ އާޗާ ޕްރީޕެއިޑް 150 ރުފިޔާ ޕެކް ނަގައިގެން 7 ދުވަހަށް ބޯނަސް ޑޭޓާގެ ގޮތުގައި ދުވާލަކު 2 ޖީބީ، މުޅިއަކު ދުވާލަކު 3 ޖީބީ ގެ އިތުރުން އަންލިމިޓަޑް އުރީދޫ ކޯލްސް ލިބިގެންދާނެ ކަމަށެވެ.

މި އޮފާ ތައާރަފް ކޮށްފައިވަނީ ދުރުގައި ތިބި އާއިލާއާއި ރައްޓެހިންނާ އޮންނަ ގުޅުން ބަދަހިކޮށްލާ އީދުގެ އުފަލާ މަޖާ ހިއްސާ ކޮށްލުމަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށް އުރީދޫން ބުނެއެވެ.

މި ޑޭޓާ ޕެކް އުރީދޫ އެޕް މެދުވެރިކޮށް އެކްޓިވޭޓް ކޮށްލެވޭނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ޓީމްގެ ފަރާތުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށާއި، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް ފިތުރު އީދުގެ ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރަން. ގާތްތިމާގެ މީހުންނާއި ރައްޓެހިންނަށް އީދުގެ އުފާވެރިކަން ހިއްސާކުރުމަށް އަޅުގަނޑުމެންގެ މި އީދު އޮފާ ކަސްޓަމަރުންނަށް ކަމުދާނެކަމަށް އުއްމީދު ކުރަން.
އުރީދޫގެ ސީނިއާ މެނޭޖާ ބްރޭންޑް އެންޑް މާކޮމްސް، ނޫރާ އިބްރާހިމް ޒާހިރު

އުރީދޫން ބުނީ، އާޗާ ޕްރީޕެއިޑް ބޯނަސް އޮފާގެ އިތުރުން އުރީދޫ ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް ވެސް ހާއްސަ އޮފާ އެއް ތައާރަފް ކޮށްފައިވާ ކަމަށެވެ.

މިގޮތުން ކްލަބް ޕްރިމިއާ ކަސްޓަމަރުންނަށް އީދު ބަންދު ތެރޭގައި އުރީދޫ ކްލަބް ޕްރިމިއާ ޕާޓްނަރުންކަމުގައިވާ ޗޮކްލެޓް، ރަޓަޓޫއީ އަދި ޗާކޯލް ކެފޭ އިން 10 ޕަސަންޓް ޑިސްކައުންޓް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.