މީސް މީޑިއާ މެދުވެރިކޮށް މަކަރާ ހީލަތުން ފައިސާ ހޯދަމުން ދާތީ ފުލުހުން ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.
ފުލުހުން ބުނީ އެކި ވިޔަފާރިތަކާއި ކުންފުނިތަކުގެ ނަމުގައި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ފޭސްބުކްގައި ޕޭޖުތަކެއް ހަދައި ޕްރޮމޯޝަންގެ ނަމުގައި ޕޯސްޓުތަކެއް ޝެއާ ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
ހެޔޮއަގުގައި ސައިކަލު ވިއްކާކަމަށް ބުނެ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ ޕޯސްޓުތަކެއްވެސް ޝެއާކުރަމުންދާ ކަމަށާއި ސައިކަލު ގަންނަން ބޭނުންވާ މީހުންގެ އަތުން އެޑްވާންސް ފައިސާ އަދި ސައިކަލުގެ ފުލް ޕޭމެންޓް ނަގަމުންދާކަން ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ވަނީ މިފަދަ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ އެއްވެސް ކަމެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފައެވެ. މީގެއިތުރުން ފޭސްބުކްގެ ތަފާތު އެކި ޕޭޖުތަކުގައި އެ ޕޯސްޓުތައް ޝެއާނުކުރުމަށްވެސް ފުލުހުން އިލްތިމާސްކުރެއެވެ.
ދާދިފަހުން އެސްޓީއޯ ސުޕަ މާޓުގެ އިތުރުން ރެޑްވޭވްގެ ނަމުގައި ފޭކް ޕްރޮމޯޝަންތައް ހިންގާ މައްސަލަ ވަނީ ފެންމަތިވެފައެވެ. އަދި ރޯދަ މަހަށް ހާއްސަކޮށް ތަފާތު ޕްރޮމޯޝަންތައް ކުރިއަށްގެންދާއިރު މިފަދަ މައްސަލަތައް ފެންމަތިވުން އިތުރުވެދާނެ ކަމަށް ލަފާކުރެވެއެވެ.
އަލްހާނޫ ތިކަން ހުއްޓާލާ...