ފިތުރު އީދު ނަމާދު ވަގުތު އެމްޓީސީސީ ބަހުގެ ހިދުމަތް މެދުކަނޑާލާނެ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ ފިތުރު އީދު ދުވަހު ގްރޭޓާ މާލެ ސަރަހައްދުގައި ބަސް ރޫޓުތަކުގެ ހިދުމަތް އީދު ނަމާދަށް މެދުކަނޑާލުމަށް ހަމަޖެހިފައވާ ކަމަށެވެ. މިގޮތުން އީދު ނަމާދަށް ފަހު ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ 8:30ގައި ކަމަށް އެމްޓީސީސީން ބުނެއެވެ.

އީދު ނަމާދު ވަގުތުގެ ކުރިން ގެ ހިދުމަތް ދިނުމަށް ހަމަޖެގިފައިވާ ގަޑިތައް އެމްޓީސީސީން ވަނީ ހިއްސާކޮށްފައެވެ.

  • ހުޅުމާލެ ވެސްޓު ޕާކު - ހުޅުމާލެ ފޭސް 2 - 6:00
  • މާލެ ކާނިވާ - ހުޅުމާލެ ފޭސް 2: 6:00
  • މާލެ ވެސްޓު ޕާކު - އެއާޕޯޓު: 6:40
  • ހުޅުމާލެ ފޭސް 2 - ހުޅުމާލެ ފޭސް 1: 6:15 -6:00، 6:15 -6:45
  • ހުޅުމާލެ ފެސް 2 - މާލެ ވެސްޓު ޕާކު : 6:00

އެއާޕޯޓު ރޫޓުގެ ބަސް ދަތުރުތައް ކުރިއެކޭ ވެސް އެއްގޮތަށް އެއްވެސް މެދުކެނޑުމަކާއި ނުލައި ކުރިއަށް ދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.