1443 ވަނަ އަހަރުގެ ރޯދަ މަހުގެ ރޭތައް އިހްޔާކުރުމަށް ކުރިއަށްގެންދިޔަ އިހްޔާ ފޯރަމްތަކުގެ ބައިވެރިންގެ ތެރެއިން ފައިނަލް ގުރުއަތުން ވަނަތަކަށް ދިޔަ ފަރާތްތަކުގެ ނަންބަރުތައް އިއުލާންކޮށްފިއެވެ.
ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދިޔަ މި ރަސްމިއްޔާތުގައި ގުރުއަތުން ހޮވުނު ފަރާތްތަކުގެ ތެރެއިން އެއްވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.
އަތޮޅުތަކާއި މާލެ ވަކިން ނެގި މި ގުރުއަތުން ވަނަތަކަށް ދިޔަ ފަރާތްތަކާއި ލިބުނު އިނާމުތަކަކީ:
- އަތޮޅުތެރޭގެ ބައިން 1 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 4665 – އުމްރާ ދަތުރެއް.
- މާލޭގެ ބައިން 1 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 2346 – އުމްރާ ދަތުރެއް.
- އަތޮޅުތެރޭގެ ބައިން 2 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 6822 – ސަމްސަން ގެލެކްސީ އެސް22 ޕްލަސް ފޯނެއް.
- މާލޭގެ ބައިން 2 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 11016 – ސަމްސަން ގެލެކްސީ އެސް22 ޕްލަސް ފޯނެއް.
- އަތޮޅުތެރޭގެ ބައިން 3 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 3201 – އެންމެ ފަހުގެ 65 އިންޗީގެ ޓީވީއެއް
- މާލޭ ބައިން 3 ވަނަ އަށް ހޮވިފައިވާ ނަންބަރަކީ 10007 – އެންމެ ފަހުގެ 65 އިންޗީގެ ޓީވީއެއް
އިސްލާމިކް މިނިސްޓްރީން ބުނީ، އިހްޔާ ފޯރަމްތަކުގެ ބައިވެރިންގެ ތެރެއިން ފައިނަލް ގުރުއަތުން ވަނަތަކަށް ދިޔަ ފަރާތްތަކުގެ ތެރެއިން ރޭ އިނާމާއި ހަވާލުނުވެވޭ މީހުނަށް އިނާމާއި ހަވާލުވެވޭނެ ގޮތް މިނިސްޓްރީން ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން ގުރުއަތުން ހޮވުނު ފަރާތްތަކުން ނަންބަރުކޮޅުތަކުގެ ފޮޓޯއާއި އައިޑީކާޑުގެ ފޮޓޯ މި ނަންބަރަށް ވައިބާ ކުރުމަށް މިނިސްޓްރީން ވަނީ އެދިފައެވެ. އަދި އިނާމާއި ހަވާލުވާން އެހެން މީހަކު ފޮނުއްވާނަމަ ފޮނުއްވާ މީހެއްގެ ސިޓީއަކާއި އައިޑީކާޑު ކޮޕީ އަދި ނަންބަރުކޮޅު ގެނައުމުން ވެރިފައިކުރުމަށްފަހު އިނާމު ހަވާލުކުރެވޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.