އުމްރާއަށް ގޮސް އުޅުނު ބ. އޭދަފުށީ މީހަކު މަރުވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވެފައި ވަނީ އޭދަފުށީ މާބަގީޗާގޭ 76 އަހަރުގެ އަބޫބަކުރު ހަސަންއެވެ. އޭނާ މަރުވީ މިއަދު ފަތިސް ނަމާދު ކޮށްގެން އެނބުރި ހޮޓަލަށް ދިޔަތަނާ ކަމަށް މައުލޫމާތު ލިބެއެވެ.

އަބޫބަކުރުގެ ހަށިގަނޑު މިވަގުތު މޯޗަރީގައި އޮތް އިރު ޖަނާޒާ ބާއްވާނެ ވަގުތެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އާއިލާއާއެކު އަބޫބަކުރު އުމްރާއަށް ދިޔައިރު އަންހެނުންނާއި ހުރިހާ ކުދިންނާއި ބައެއް ކާފަ ކުދިންވެސް ހިމެނެއެވެ. އަދި އޭނާ އުމްރާއަށް ދިޔައީ މުސާފިރީން އުމްރާ ގުރޫޕްގެ ހަވާލުގައި ކަމަށް މައުލޫމާތު ލިބެއެވެ.