މިއަހަރުގެ ރަމަޟާން މަހުގެ ފަހު 10 ގައި މާލެ ސަރަހައްދުގައި ދަމުނަމާދު ކުރުމާއި އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީއިން އާންމުކޮށްފިއެވެ.
އެ މިނިސްޓްރީއިން އާންމުކުރި ލިސްޓުގައި މާލޭގެ 17 މިސްކިތަކާއި ވިލިމާލޭ ތިން މިސްކިތެއްގެ އިތުރުން ހުޅުމާލޭ އަށް މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މާލޭގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ:
- އިސްލާމީ މަރުކަޒު
- މަސްޖިދުލް މަލިކު ސަލްމާން
- މަސްޖިދުއްސުލްތާނު މުހައްމަދު ބިން އަބްދިﷲ
- މަސްޖިދުއްސުލްތާނު މުހައްމަދު ޝަމްސުއްދީން
- މަސްޖިދުއްސުލްތާނު މުހައްމަދު ފަރީދުލްއައްވަލު
- މަސްޖިދުއްސުލްތާނު ހަސަން އިއްްޒުއްދީން
- މަސްޖިދުއް ސަލާހުއްދީން
- މަސްޖިދުލް ފުރްގާން
- މަސްޖިދުލް ޖަލާލުއްދީން
- މަސްޖިދުއް ނޫރު
- މަސްޖިދުލް އިބްރާހިމް
- މަސްޖިދުއް ޝަހީދު އަލީ
- މަސްޖިދުލް އިސްކަންދަރު
- ފަނޑިޔާރު މިސްކިތް
- މަސްޖިދުއް ސުލްތާން މުހައްމަދު އިމާދުއްދީން
- މަސްޖިދުއް ސުލްތާނު މުހައްމަދު ޖަމީލު ދީދީ
- މާފަންނު އާ މިސްކިތް
ހުޅުމާލޭގައި ނެއިބަހޫޑް3 ގައި ހަދާފައިވާ ވަގުތީ މިސްކިތާއި އަޒީޒާ މިސްކިތުގެ އިތުރުން ޝެއިހް ގާސިމް މިސްކިތުގައި ދަމު ނަމާދު ކުރުމަށް ހަމަޖެހިފައިވާއިރު އިއުތިކާފަށް ތިބުމަށް ހަމަޖެހިފައިވަނީ މާލޭގެ އަށް މިސްކިތަކާއި ހުޅުމާލޭ ފަސް މިސްކިތެއްގެ އިތުރުން ވިލިމާލޭ އެއް މިސްކިތުގައިއެވެ.