ހުޅުމާލޭގައި ހިންގާ ހާންޖީ ރެސްޓޯރަންޓުގައި މިދިޔަ އާދިއްތަ ދުވަހު މާރާމާރީ ހިންގައި، ވަޅިން ހަމަލީ މަރާލި އެ ތަނުގައި މަސައްކަތްކުރި ބަންގްލަދޭޝް މީހާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން އާއިލާއިން އެދިއްޖެއެވެ.

މި ހާދިސާގައި މަރާލާފައިވަނީ، އެުމުރުން 29 އަހަރަުގެ އެމްޑީ ޝާހިން ނަމަކަށް ކިޔާ ފިރިހެނެކެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ "ޑެލިއީ ސްޓާ" ގައި ޝާހީންގެ އާއިލާ އާ ހަވާލާދީ ބުނެފައި ވަނީ އިންސާފު ގާއިމު ކޮށްދިނުމަށް އާއިލާ އިން ކަމާބެހޭ ފަރާތްތަކަށް ގޮވާލާ ކަމަށެވެ. އަދި އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވައިދޭން ކަމާބެހޭ ފަރާތްތަކަށް ވަނީ އެދިފައެވެ.

ޝާހިންއަށް ހަމަލާދީފައިވަނީ އެތަނުގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރާ އާބިދުއެވެ. އޭނާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހާފައެވެ.

އެ މާރާމާރީގައި މަރުވި ޝާހިން ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން، އެ ސަރަހައްދުގައި ހަރަކާތްތެރިވި އެ ރެސްޓޯރަންޓުގެ ބައެއް މުވައްޒަފުން އޭނާއަށް އިތުރު ފަރުވާ ދިނުމަށް މަސައްކަތް ކުރިއެވެ.

އަދި ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ހަވީރު 5:30 ހާއިރު ގެންދިޔަ އިރު ވަޅި ހަރާފައި ހުރީ ސީދާ މެޔަށް ކަމަށް މައުލޫމާތު ލިބެއެވެ.