އދ. އަތޮޅުގެ ރިސޯޓަކަށް އައިސް އުޅުނު ފަތުރުވެރިއަކު މިއަދި ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އދ. އަތޮޅުގެ ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިއަކު ގެނބިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރު 12:11 ހާއިރު ރިޕޯޓްކޮށްފައި ވާ ކަމަށެވެ. އެއީ އުމުރުން 30 އަހަރުގެ ފިރިހެން ފަތުރުވެރިއެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހާ މަރުވެފައި ވަނީ ފަރުވާ ދެމުން ދަނިކޮށް ކަަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެއެވެ.

އަދި މި މައްސަލައިގައި ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މިހާދިސާ ހިނގީ ސީދާ ކޮން ރިސޯޓެއްގައި ކަމެއް ފުލުހުން ހާމަ ނުކުރާ އިރު، މިހާދިސާގައި މަރުވި ފަތުރުވެރިޔާ އަކީ ކޮން ގައުމެއްގެ މީހެއް ކަން ވެސް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް މަރުވީ އިންޑިއާ ފަތުރުވެރިއެއްކަން "ދަ ޕްރެސް" އަށް ވަނީ އެނގިފައެވެ.