ބިދޭސީންގެ މެދުގައި މިއަދު އިތުރު މާރާމާރީއެއް ހިންގައިފިއެވެ.

މިއަދު އެންމެ ފުރަތަމަ މާރާމާރީއެއް ހިންގާފައިވަނީ ހުޅުމާލޭގައި ހަވީރުގެ ވަގުތެއްގައެވެ. ދެވަނަ މާރާމާރީ ހިންގާފައިވަނީ މިރޭ މާލޭގައި ސޯސަން މަގުގައެވެ.

މީޑިއާތަކަށް ދިން މައުލޫމާތުގައި ފުލުހުން ބުނީ ސޯސަން މަގުގައި ބިދޭސީންތަކެއްގެ މެދުގައި މާރާމާރީއެއް ހިންގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 8:20 ހާއިރު ކަމަށާއި، އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ބިދޭސީ ގްރޫޕަކުން ވަނީ ބިދޭސީއެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގާފައެވެ. އެ ހާދިސާގައި އެ ބިދޭސީ މީހާއަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މިއަދު ހަވީރުގެ ވަގުތެއްގައި ހުޅުމާލޭގައި ހިންގާ ހާންޖި ރެސްޓޯރަންޓެއްގައިވެސް މާރާމާރީއެއް ހިންގައި އެ މާރާމާރީގައި އަނިޔާ ވި މީހާ ވަނީ މަރުވެފައެވެ.