ހުޅުމާޅޭގައި ހިންގާ "ހާންޖީ" ނަމަކަށް ކިޔާ ރެސްޓޯރަންޓްގައި ދެމީހެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާ ދިނުމުގެ ސަބަބުން ސަހަމްވި މީހާ މަރުވެއްޖެއެވެ.

ފުލުހުން ބުނީ، އަނިޔާ ލިބުނު މީހާ މަރުވެފަައި ވާހަކަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފައި ވާ ކަމަށެވެ.

މަރުވީ އެ ރެސްޓޯރަންޓުގައި ވެއިޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ އަށް ހަމަލާ ދިނީ އެ ރެސްޓޯރަންޓުގެ ކައްކާއެއްގެ ގޮތުގައި މަސައްކަތް ކުރާ ޕާކިސްތާނުގެ ރައްޔިތެއް ކަމަށް މައުލޫމާތު ލިބެއެވެ.

ޕާކިސްތާނުގެ ކެއުމަށް ހާއްސަ ކޮށްގެން މީގެ އަހަރެއްހާ ދުވަސް ކުރިން ހުޅުވި އެ ރެސްޓޯރަންޓުގައި މި ހާދިސާ ހިނގީ މިއަދު ހަވީރުއެވެ. ޒަހަމްވި މީހާ ހޮސްޕިޓަލަށް ގެންދިޔައީ ހަވީރު 5:30 ވަނިކޮށެވެ.