ހުޅުމާޅޭގައި ހިންގާ "ހާންޖީ" ނަމަކަށް ކިޔާ ރެސްޓޯރަންޓްގައި މަސައްކަތް ކުރާ ދެމީހެއްގެ ދެމެދުގައި މާރާމަރު ހިންގާ އެކަކު ޒަހަމްކޮށްލައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ރެސްޓޯރަންޓެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިގެން މިހާރު އެ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެއީ ކޮން ރެސްޓޯރަންޓެއް ކަމަށާއި ޒަހަމްވި މީހާއަށް ލިބުނު އަނިޔާ ތަކުގެ ތަފްސީލް ފުލުހުން ހާމައެއް ނުކުރެއެވެ.

ނަމަވެސް މި ހާދިސާ ހިނގާފައި ވަނީ ހުޅުމާޅޭގައި ހުންނަ ހާންޖީ ކިޔާ ރެސްޓޯރަންޓެއްގައި ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި މާރާމާރި ހިންގާފައި ވަނީ އެ ރެސްޓޯރަންޓްގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއްގެ ދެމެދުގައި ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

މި ހާސިދާގައި އަނިޔާ ލިބުނު މީހާ މިހާރު ވަނީ ފަރުވާ ދިނުމަށް ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފުލުހުން ދަނީ އަދި ތަހުގީގު ކުރަމުންނެވެ.