ކޮންމެ ދޯންޏަކުން ދުވާލަކު ފަސް ޓަނު މަސް ކިރޭ ގޮތަށް މިފްކޯއިން މަސް ކިރާ އަދަދު ލިމިޓްކޮށްފައި ވާތީ ގދ. ކޫއްޑޫގައި މަސްވެރިން ހަޅުތާލުކުރަން ފަށައިފިއެވެ.

ކޫއްޑޫގައި މަސްވއެރިން ކުރަމުންދާ ހަޅުތާޅުގައި ގިނަ މަސްވެެރިން ބައިވެރިވެފައިވާއިރު އެރަށު ބަނދަރުގައި އަޅާފައި އޮތް ދޯނިތަކުގެ މީހުން ވެސް އަންނަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ.

ކޫއްޑޫގައި މަސްވެރިން ކުރިއަށްދާ ހަޅުތާލުގެ ތެރެއިން

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އިހްތިޖާޖާ ގުޅިގެން މިއަދު މަސްވެރިން އަތުން މަސް ކިރާކަށް އަދި ނުފަށައެވެ.

މަސްވެރިންގެ ޑިމާންޑަކީ ކޫއްޑޫއަށް ފުރަތަމަ ފަހަރު މަސްކިރަން ކައިރި ކުރާއިރު 20-40 ޓަނު ބާނާފައި ހުންނަ ދޯންޏަކުން ބާނާފައި ހުންނަ ހުރިހާ މަހެއް ކިރުމަށެވެ. މި އިހްތިޖާޖުގައި މަސް ނުކިރި ފަސް ދުވަސް އަދި ހަ ދުވަސް ވެފައިވާ ދޯނިތައް ވެސް އެބަ ތިބިކަމަށް މައުލޫމާތު ލިބެއެވެ.

ކޫއްޑޫގައި މަސްވެރިން ކުރިއަށްދާ ހަޅުތާލުގެ ތެރެއިން

އެގޮތަށް އެކަން ނުކޮށްފިނަމަ އެއްވެސް ދޯންޏަކުން ކޫއްޑޫއަށް މަސް ނުކިރާނެ ކަމަށް މަސްވެރިން ބުނެއެވެ.

މި ވަގުތު ކޫއްޑޫގެ މަސް ރައްކާކުރުމުގެ ކެޕޭސިޓީއަކީ 2،000 ޓަނެވެ. ކޫއްޑޫއަކީ މިފްކޯގެ ބެލުމުގެ ދަށުން އުޕަރޭޓް ކުރާ މަޒުކަޒެކެވެ.