ބޮލީވުޑް ފިލްމީ ތަރި ސޮނާކްޝީ ސިންހާ ވެސް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެއެވެ.

ސޮނާކްޝީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން ގެންދަނީ ވަކަރު މޯލްޑިވްސް ރިސޯޓުގައެވެ. އޭނާ ރާއްޖެ އައިސްފައި ވަނީ ކާކާ އެކު ކަމެއް އަދި އެނގިފައެއް ނުވެއެވެ.

އިންސްޓަގްރާމު މެދުވެރިކޮށް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަގޮތުގެ ފޮޓޯތައް ސޮނާކްޝީ ހިއްސާ ކުރަމުން އަންނައިރު އޭނާ އަކީ ވަރަށް ގިނައިން ރާއްޖެ އަންނަ ފަންނާނެކެވެ.

https://www.instagram.com/p/Cb_xxNlPoBY/?utm_medium=copy_link

އެންމެ ފަހުން ސޮނާކްޝީ ރާއްޖެ އައީ 2020 ވަނަ އަހަރުއެވެ.

ސޮނާކްޝީ ބޮލީވުޑަށް ތައާރަފްވީ 2010 ވަނަ އަހަރު ނެރުނު ފިލްމެއް ކަމަށްވާ ފިލްމު "ދަބަންގް" އިންނެވެ.

ސޮނާކްޝީ އެންމެ ފަހުން ފެނިގެން ދިޔައީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރިިމިއާކުރި އަޖޭ ދޭވްގަންގެ "ބޫޖް؛ ދަ ޕްރައިޑް އޮން އިންޑިއާ" އިންނެވެ.