ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން، އެމީހާ ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

މި އަމުރާ ގުޅިގެން ހޯދަމުން ދަނީ، އުމުރުން 27 އަހަރުގެ، ކ. މާލެ / ދަފްތަރު ނަންބަރު ރސ. 5624، އަހްމަދު ޝައިރަފް އަބްދުއްރަހީމް އެވެ.

ފުލުހުން ބުނީ، އަހްމަދު ޝައިރަފް ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ތޫނު ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގަން އުޅުމުގެ ކުށުގެ މައްސަލައާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ ކަމަށެވެ. އެހެންކަމުން ބަންދުގައި ބަހައްޓައިގެން މި މަހުގެ 6 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށް ދިނުމަށް ފުލުހުންގެ މައްޗަށް އަމުރާ ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާ ނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅައިގެން ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާ ކޮށްފައެވެ.