އިނޭންޝިއަލް މެނޭޖްމަންޓް ދާއިރާގެ 25 އަހަރުގެ ތަޖުރިބާކާރެއް ކަމަށް ވާ ހުސައިން ޒަރީރު އުރީދޫގެ ފައިނޭންސް ޑިރެކްޓަރަކަށް އައްޔަން ކޮށްފިއެވެ.

ހުސައިން އަކީ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން، 15 އަހަރު އުރީދުއަށް ހިދުމަތް ވެސް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އޭރު އޭނާ އެ ކުންފުނީގެ ފައިނޭޝިއަލް ކޮންޓްރޯލާގެ މަގާމާއި އެހެން ބައެއް ސީނިއާ މަގާމުތައް ވެސް ފުރުއްވިއެވެ.

ހުސައިން އަކީ ފައިނޭންޝިއަލް އެންޑް މެނޭޖްމަންޓް އެކައުންޓިން އާއި ފައިނޭންޝިއަލް ޕްލޭނިން އާއި ބަޖެޓިން އާއި ފައިނޭންޝިއަލް ކޮންޓްރޯލް، ޑިޖިޓަލް ސްޓްރެޓެޖީ ޑިވެލޮޕްމަންޓް އެންޑް ޕްރޮޖެކްޓް މެނޭޖްމަންޓުން ތައުލީމާއި ތަޖުރިބާ ލިބިވަޑައިިގެންފައިވާ ބޭފުޅެއް ވެސް މެއެވެ.

ހުސައިން 2020 ވަނަ އަހަރު އުރީދޫން ވަކިވެވަޑައިގެން ނަމަވެސް އަލުން އޭނާ އެ ޓީމާ މިހާރު ގުޅިވަޑައިގަތުމުން ޓީމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެން ދާ ކަމަށް އުރީދޫން ހާމަކުރެއެވެ.