މިއަހަރުގެ ފިއުރު ޒަކާތް ބަލައިގަތުން މާދަމާއިން ފެށިގެން ކުރިއަށްދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނާނީ މާދަމާއިން ފެށިގެން ރޯދަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް ބަންޑޭރި ޕޯޓަލް މެދުވެރިކޮށް ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ދެއްކޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ.

މިގޮތުން އޮންލައިންކޮށް ފިތުރު ޒަކާތް ދައްކާ ފަރާތްތަކުން ތިރީގައިވާ ހިދުމަތްތައް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

  • އުރީދޫ
  • އެމް-ފައިސާ
  • ދިރާގު ޕޭ
  • މޯލްޑިވްސް އިސްލާމިކް ބޭންކް
  • ބޭންކް އޮފް މޯލްޑިވްސް
  • ފަހިޕޭ

މީގެ އިތުުރުން އުމުރުން ދުވަސްވީ މީހުންނާއި، އޮންލައިންކޮށް އެ ފައިސާ ދައްކަން ބޭނުން ނުވާ މީހުންނަށް އާދީއްތަ ދުވަހުން ފެށިގެން އިސްލާމިކް މިނިސްޓްރީގެ ހޯލްގައި އެކަން ކުރިއަށްގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ މިނިސްޓްރީން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރު ފަހު 1:00 އަށް ކަމަށެވެ. އަދި މާލެ ފިޔަވައި އެހެނިހެން ސިޓީތަކާއި ރަށްތަކުގައި ފިތުރު ޒަކާތް ނެގުމާއި ބެހުމުގެ އިންތިޒާމް ހަމަޖައްސާނީ އެތަނެއްގެ ކައުންސިލް އިދާރާއިން ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިއަހަރު ފައިސާއިން ނަމަ ފިތުރު ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވަނީ:

  • އާދައިގެ ހަނޑޫ: 12ރ
  • ތައިލެންޑް ހުދު ހަނޑޫ: 77ރ
  • ރަތް ހަނޑޫ 72ރ
  • ބާސްމަތިީ ހަނޑޫ (އާދައިގެ): 77ރ
  • ބާސްމަތީ ހަނޑޫ (މޮޅު): 90ރ
  • ބާސްމަތީ ހަނޑޫ (އެންމެ މޮޅު): 132ރ
  • އާދައިގެ ފުށް: 12ރ
  • އާޓާ ފުށް: 75

ފަގީރުންގެ ދަފްތަރުގައި 9،000 އަށް ވުރެ ގިނަ މީހުން އެބަތިބިމިނިސްޓަރު ވިދާޅުވީ، މި ހިނގާ ދިވެހި އަހަރުގެ ފަގީރުންގެ ދަފްތަރު އެކުލަވާލައި ނިމުނުއިރު 9،041 މީހުން އެ ދަފްތަރުގައި ހިމެނޭ ކަމަށެވެ. އެއީ:

  • ރަށްރަށުން: 7،245 މީހުން
  • މާލެ ސަރަހައްދުން: 1،796 މީހުން

މިއަހަރު 42 ރަށެއްގައި އެއްވެސް ފަގީރެއް ނެތް އިރު، މިދިޔަ އަހަރު 45 ރަށެއްގައި އެއްވެސް ފަގީރެއް ނެތްކަމަށް މިނިސްޓްރީން ބުނެއެވެ.

ފިތުރު ޒަކާތުގެ ގޮތުގައި ދައްކާނީ އެބަޔަކު އާންމުގޮތެއްގައި ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބޮލަކަށް 2.4 ކިލޯ ގެ މިންވަރެވެ.