ކަނޑޫދޫ މިރުސް ބްރޭންޑް އިތުރަށް ފުޅާކޮށް ކަނޑޫދޫގެ ދަނޑުވެރިންނަށް އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް އުރީދޫ އިން ކަނޑޫދޫ ކައުންސިލާއި ގުޅި ރޯދަ އަށް ހާއްސަ ކެމްޕެއިނެއް ފަށައިފިއެވެ.
އުރީދޫއިން ބުނީ އެ ކެމްޕެއިންގައި އެންމެ އިސްކަމެއް ދެނީ ކަނޑޫދޫ މިރުސް ބްރޭންޑެއްގެ ގޮތުގައި ގާއިމްކޮށް އެ ޕްރޮޑަކްޓް އިތުރު ހަރުފަތަކަށް ގެންގޮސްދިނުމަށް ކަމަށެވެ. ކެމްޕެއިން މިއަދު އިފްތިތާހުކޮށްފައިވަނީ ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ސީއީއޯ އަފްޝަން ލަތީފާއި ކަނޑޫދޫ ކައުންސިލްގެ ރައީސް އަހުމަދު ރީހާންއާއި އުރީދޫ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މިސްޓާ ހާލިދު އަލްހަމާދީ ގެ އިތުރުން އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓާއި ކަނޑޫދޫ ކައުންސިލުން ބައިވެރިވި ހާއްސަ ހަފްލާއެއްގައެވެ.
އެ ކެމްޕެއިންގެ ދަށުން އެ ރަށު މިރުހަށް ހާއްސަ ބްރޭންޑެއް ތައާރަފްކޮށްފައިވާއިރު އޭގެ ތެރޭގައި ކަނޑޫދޫ މިރުސް ބްރޭންޑް ގައިޑްލައިންސް އާއި ހާއްސަ ލޯގޯ އާއި ވެބްސައިޓެއް ހިމެނޭގޮތަށް ބްރޭންޑެއް ގާއިމް ކޮށްފާވަނީ ކަނޑޫދޫ ގެ ރައްޔިތުން އާ ފުރުސަތުތަކާއި އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމާ ގުޅުވާލަދިނުމުގެ މަގްސަދުގައި ކަމަށް އުރީދޫއިން ބުނެއެވެ.
މީގެ އިތުރުން ރޯދަ ހަދިޔާއެއްގެ ގޮތުގައި އުރީދޫއިން ވަނީ އެންޒީއާ އެކު ކަނޑޫދޫ މިރުސް ބޭނުންކޮށްގެން ހާއްސަ ހޮޓް ސޯސް އެއްވެސް ތައާފަރްކޮށްފައެވެ. އެ ހޮޓް ސޯސް ގެ ބާވަތްތަަައް ތަައްޔާރުކުރެވިފަައިވަނީީ ކުޅިރަަހަަަ މަަޑުކޮށް ކާ މީހުންނަަށްވެސް އަދި އެންމެ ކުޅިކޮށް ކާ މީހުންނަށްވެސް ކަމުދާނެހެން ކަމަށާއި ކަނޑޫދޫ މިރުސް ހޮޓް ސޯސް ގަންނަން ބޭނުންވާ ފަރާާތްތަަކަަަށް ކަަަނޑޫދޫ މިރުސް ވެބްސަަައިޓް އަަދި އީ ކޮމާސް ޕްްލެޓް ފޯމް މޫލީ މެދުވެރިކޮށް ގަނެވޭނެ ކަމަށް އުރީދޫއިން ވަނީ ބުނެފައެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ މި އަހަރުގެ ރަމަޟާން މަހަށް މި ކެމްޕެއިންގެ މަގްސަދަަކީ ކަަނޑޫދޫގައި ހެދޭ މިރުހުގެ ފުރިހަަމަަަ މަަންފާާ ރަަށުގެ ރައްޔިތުންނަަށް ހޯދުމުގެ ފުރުސަަތުތަަކާއެކު ރަށުގެ އިގްތިސާާދީ އަދި އިޖްތިމާއީ ކުރިއެރުން ފަހިކޮށްދިނުމަށަށް ކަމަށެވެ.
2001 ވަނަ އަހަރުން ފެށިގެން ކަނޑޫދޫ މިރުސް ވަނީ އޭގެ ތަފާތު ރަހަަަަައާާއި ވަަަސް އަަަަަދި ހާާއްސަަަ ކުޅިކަމަަށްޓަކައި ރާއްޖޭގެ އެކި ކަަންކޮޅުތަކުގަައިވެސް ވަރަށް އަވަހަށް މަގުބޫލުކަން ހޯދާފައެވެ.
ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން ޙާއްޞަ ކެމްޕޭންއެއް ތައާރަފުކުރެއެވެ. ދިވެހި ސަގާފަތާއި އާދަކާދަތަކާއި ތާރީހީ ހާދިސާތަކުގެ މައްޗަށް ބިނާކޮށް އެކުވެރިކަމާއި އޯގާތެރިކަމާއެކި އެކަކު އަނެކަކާއި އޮންނަ ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ރީތި މެސެޖަކާއެކުއެވެ.