ރެންސަމްވެއާ އެޓޭކަކާ ގުޅިގެން މެދުކެނޑުނު ބައެއް ހިދުމަތްތައް ސްޓެލްކޯއިން އަލުން ދޭން ފަށައިފިއެވެ.

ރެންސަމްވެއާ އެޓޭކަކާ ގުޅިގެން ސްޓެލްކޯގެ ހިދުމަތްތައް މެދުކަނޑާލާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެންނެވެ.

މި އެޓޭކަކާ ގުޅިގެން އެކުންފުނީގެ ވެބްސައިޓާއި، މޯބައިލް އެޕްލިކޭޝަނާއި، މޯބައިލް އައުޓްލެޓްތަކާއި، އަދި ކައުންޓަރުތަކުން ދެމުންއައި ހުރިހާ ހިދުމަތެއް ވަނީ މެދުކަނޑާލާފައެވެ.

މި ހިދުމަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިިދާޅުވީ، މޯބައިލް އެޕްލިކޭޝަނާއި އީ ޕޭ މިއަދު ލައިވް ކޮށްފައިވާ ކަމަށެވެ.

ސްޓެލްކޯއިން އިއްޔެ ވަނީ ހިދުމަތްތަކަށް އެދި ފޯމް ހުށަހެޅުމާއި، ބިލް ދެއްކުމުގެ އިންތިޒާމްތައް މިހާރު ހެޑް އޮފީހުން ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް ނިހާޔަތަށް މާފަށް އެދޭ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.