ޅ. ކުރެންދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި ބައި އިލެކްޝަން ޕީޕިއެމް އިން ކާމިޔާބު ކޮށްފިއެވެ.
މި އިންތިހާބަށް ހުޅުވާލާފައި ވަނީ، ކުރެންދޫ ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެ މަގާމަށް ޕީޕީއެމް އަދި އެމްޑީޕީގެ ޓިކެޓްގައި ދެ ކެންޑިޑޭޓަރު ވާދަ ކުރައްވައި މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގެ ވޯޓުގެ ނަތީޖާ ދައްކާ ގޮތުން މި އިންތިހާބު ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމްގެ ފަރާތުން ވާދަ ކުރެއްވި އިސްމާއީލް މަދީހު އެވެ.
މަދީހު ކާމިޔާބު ހޯއްދެވި އިރު، އޭނާ ވާދަ ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނަސީމްއާ އެވެ.
މި އިންތިހާބާ ދިމާކޮށް ސަރުކާރުން ވަނީ ކުރެންދޫގައި ދެ މަޝްރޫއުއެއް ފަށައި އިތުރު މަޝްރޫއެއްގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ހުޅުވާލާފައެވެ. އެގޮތުން ބައި އިލެކްޝަނާ ދިމާކޮށް އެރަށުގައި 50 ހައުސިން ޔުނިޓް އަަޅާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ. އަދި ބައި އިލެކްޝަންގެ ކެމްޕެއިން ޖަލްސާއެއްގައި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރެންދޫއާ ދިމާ ކަނޑުން 1000 ގޯތި ދެވިދާނެ ކަމަށް ވެސް ވިދާޅުވެފައެވެ.
ކަނޑުގެއަޑިންވެސް ގޯތި ދެވިދާނެ