ފެނުގެ ހިދުމަތް އަޕްގްރޭޑް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން ހުޅުމާލެ ފޭސް 1 ގެ ބައެއް ގެ ތަކުން މިރޭ ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.

ފެން ކުންފުނިން ބުނީ، ފެނުގެ ހިދުމަތް އަޕްގްރޭޑް ކުރުމަށް ކުރަމުންދާ މަސައްކަތާ ގުޅިގެން ހުޅުމާލެ ފޭސް 1 ގެ ސަރަހައްދަކުން ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށެވެ. އެ ގޮތުން ފެނުގެ ހިދުމަތް ކެނޑޭނެ ކަމަށް އެ ކުންފުނިން ބުނާ ސަރަހައްދަކީ، ކުރެދިމާ ހިނގުމާއި އުނިމާ ހިނގުމާ ދެމެދު ގައި ހުރި ބައެއް ގެ ތައް ހިމެނޭ ސަރަހައްދެވެ.

އެ ސަރަހައްދު ރަތް ކުލައިން ފާހަގަ ވާނެ ގޮތަށް ފާހަގަކޮށް އެ ކުންފުނިން ވަނީ އާންމުކޮށްފައެވެ. އެގޮތުން ފެނުގެ ހިދުމަތް ކަނޑާލާނީ މިރޭ 11 ޖަހާއިރުން ފެށިގެން ފަތިހު 4 އާ ދެމެދުގެ ވަގުތަކަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

މި ކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށް މައާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.