100 އެމްބީޕީއެސް އާ ހަމައަށް ހަލުވި ސްޕީޑްތަކާ އެކު އުރީދޫ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ފ. ނިލަންދޫގައި މިއަދު ތައާރަފް ކޮށްފިއެވެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ، އުރީދޫގެ ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އުރީދޫން މަސައްކަތް ކުރަމުން ދަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަަކަށް ވެސް ފެންވަަަރު ރަނގަޅު އިންޓަަނެޓްގެ ހިދުމަތް ފޯރުކޮށް ދިނުމަށް ކަމަށާއި އެގޮތުން އުރީދޫ ފިކްސްޑް ބްރޯޑްބޭންޑްގެ ހިދުމަތް މިއަދު ވަނީ ފ. ނިލަަންދޫއަށް ތައާރަފް ކޮށްފައި ކަމަށެވެ. ސުޕަނެޓްގެ ހިދުމަތާއެކު ނިލަންދޫގެ ރައްޔިތުން ޑިޖިޓަލް ޒަރިއްޔާތަައް މެދުވެރިކޮށް އިތުރު ފުރުސަތުތަކާ ގުޅުވާލަ ދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ނިޔާޒް ސިފަކުރެއްވިއެވެ.
ބޮޑެތި ޑޭޓާ އެލަވަންސްތަކާއި، ހަލުވި ސްޕީޑްތަކާއި، ޑޭޓާ ރޯލް އޯވާ ހިދުމަތް އެކުލެވޭ މި ޕެކޭޖްތަަަކަަކީ މާކެޓްގަައި މިހާރު ހުރި އެންމެ ފުރިހަމަ ޕެކޭޖްތަައް ކަމަށާއި ކުރިއަށްއޮތްް ތަނުގައި ވެސް ދިވެހިންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަަށް މަންފާވާނެ ފަދަ ހިދުމަަތްތަަައް ފޯރުކޮށް ދިނުމުގަަައި އެ ކުންފުނިން ދެމިތިބޭނެ ކަަަމުގެ ޔަަަގީންކަން އަަރުވާ ކަމަށް ނިޔާޒް ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ހިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕަނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑް ކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕަނެޓް ކަސްޓަމަރުންނަށް 5 ގުނަ އިތުރު ސްޕީޑާއެކު 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށް ވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑް ވެސް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ. މީގެ އިތުރުން ސުޕަނެޓް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށް ވެސް ޑޭޓާ ރޯލް އޯވާގެ ހިދުމަތާ އެކު މަސް ނިމޭ އިރު ބާކީ ހުންނަ ޑޭޓާ އަނެއް މަހުގެ ޕެކޭޖް އިންކްލޫސިވް ޑޭޓާއާ އެއްވެގެން ދާނެއެވެ.
ނިލަަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ހިދުމަތް، ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް ހިދުމަތް ހޯއްދަން ނުވަތަ ސުޕަނެޓް ޕެކޭޖްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތް ކުރައްވާށެވެ.