ފ. ދަރަނބޫދޫގައި ސައިކަލެއްގައި ރޯކޮށްލި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ފުލުހުން ބުނީ، ދަރަނބޫދޫގައި ސައިކަލެއްގައި ރޯކޮށްލާފައިވާ މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ސައިކަލު ރޯކޮށްލީ ކޮން ބައެއްކަން އަދި ދެނެގަނެވިފައިވާ ކަން ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

އަދި މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ރޭ އެ ރަށުގައި ރޯކޮށްލި ސައިކަލު އެއްކޮށްހެން ވަނީ އަނދާފައެވެ.

މައުލޫމާތު ލިބިފައި ވާ ގޮތުން މި ސައިކަލަކީ އެ ރަށު ހާބަރު މަސައްކަތް ކުރާ ސައިޓް ސްޕަވައިޒަރެއްގެ ސައިކަލެކެވެ.

ސައިކަލުގައި ރޯކޮށްލާފައިވާ ހާދިސާއެއް ރޭގައި ހިންގާފައިވާ އިރު، ދާދި ފަހުން ވަނީ ހުޅުމާލޭގައި ސައިކަލު މޫދަށް ވައްޓާލި ހާދިސާއެއް ވެސް ހިނގާފައެވެ. މީހުންގެ މުދަލަށް ގެއްލުން ދޭ މިފަދަ މައްސަލަތައް ދޭތެރެދޭތެރެއިން އަންނަނީ ފެންނަމުންނެވެ.