މާލޭގެ މާވެޔޮމަގުގައި ހުރި އިމާރާތެއްގެ މަތިން ފިލާގަނޑެއް ވެއްޓި މީހަކަށް އަނިޔާ ވެއްޖެއެވެ.

'ދަ ޕްރެސް' އަށް މައުލުމާތު ދެމުން ފުލުހުން ބުނީ، މާލޭގެ މާވެޔޮމަގުގައި ހުރި އިމާރާތެއްގެ މަތިން ފިލާގަނޑެއް ވެއްޓިގެން އުމރުން 35 އަހަރުގެ ދިވެހި ފިރިހެނަކަށް އަނިޔާވެފައިވާ ކަމަށާއި އެމީހާއަށް މިހާރު އައޖީއެމްއެޗްގައި ފަރުވާ ދެމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގައިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައި ވަނީ މިއަދު ހަވީރު 5:25 ހާއިރު ކަމަށް ފުލުހުން ބުނެއެވެ.

އެމީހާއަށް ލިބުނު އަނިޔާގެ ތަފްސީލް ވެސް އަދި ލިބޭ ގޮތެއް ނުވެއެވެ. މި ހާދިސާގައި އަނިޔާވި މީހާގެ ހާލަތު އަދި ހޮސްޕިޓަލުން ސާފުވާ ގޮތެއް ނުވެއެވެ.

ފުލުހުން ބުނީ، މިހާރު މި މައްސަލަ އިތުރަށް ބަލައި، ތަހުގީގު ކުރަމުން ދާ ކަމަށެވެ.

މީގެ ކުރިން ވެސް މާލޭގެ އިމާރާތްތަކުގެ މަތިން ބިއްލޫރިގަނޑު ފަދަ އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވެ، ޕާކިން ޒޯނުގައި ޕާކްކޮށްފައި ހުންނަ އުަނދުތަކަށް ވެސް ގެއްލުންވެފައި އެ ބަހުއްޓެވެ.