ތ. ދިޔަމިގިލީގައި މީހަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.

ފުލުހުން ބުނީ ދިޔަމިގިލީގައި މީހަކަށް ހަމަލާދީފައިވާ ކަމުގެ ރިޕޯޓު މިއަދު ހެނދުނު ލިބިފައިވާ ކަމަށެވެ.

އަނިޔާ ލިބުނު ދިވެހި ފިރިހެން މީހާއަށް ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ދިޔަމިގިލީގައި މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާއިރު ރޭގެ ވަގުތެއްގައި މާލެ ކުރިކީލި މަގު، ޗާންދަނީ މަގު ގުޅުނު ހިސާބުން ބިދޭސީ ފިރިހެނަކަށް ހަމަވާދީ ވަނީ ޒަހަމްކޮށްލާފައެވެ.

މި މައްސަލާގައި އުމުރުން 37 އަހަރުގެ ދިވެއްސެއް ވަނީ ހައްޔަރުކޮށްފައެވެ.