ބިދޭސީ މީހާއަށް ހަމަލާ ދީ ޒަހަމްކޮށްލި މައްސަލާގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވަނީ ކުރިކީލި މަގު، ޗާންދަނީ މަގު ގުޅުނު ހިސާބުން ބިދޭސީ ފިރިހެނަކަށް ހަމަވާދީފައި ވާ ކަމަށް މިރޭ 7 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށް ބުނެފައެވެ.

މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރަމުން ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 37 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަނިޔާ ލިބުނު މީހާއަށް އައިޖިއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ދޭތެރެ ދޭތެރެއިން މާލޭގައި މާރާމަރި ހިންގާ ތޫނު އެއްޗެހިން ވެސް މީހުންނަށް ހަމަލާދޭ މައްސަލަތައް ފެންމަތި ވެއެވެ، ގިނަ ފަހަރަށް މިފަދަ މައްސަލަތައް ހިންގަމުން އަންނަނީ ޒުވާނުންގެ މެދުގައި ހިނގާ ހަމަނުނުޖެހުންތަކާ އެކުގައިކަން ފާހަގަ ކުރެވެއެވެ.