މިއަދު މާލޭގައި ބިދޭސީއަކަށް ހަމަލާ ދީ ޒަހަމް ކޮށްލައިފިއެވެ.
ފުލުހުން ބުނީ ކުރިކީލި މަގު، ޗާންދަނީ މަގު ގުޅުނު ހިސާބުން ބިދޭސީ ފިރިހެނަކަށް ހަމަވާދީފައި ވާ ކަމަށް މިރޭ 7 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
މިހާރު އަނިޔާ ލިބުނު މީހާއަށް އައިޖިއެމްއެޗްގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.
މިހާދިސާ ހިނގީ ކިހިނެއް ކަމެއް އަދި ސާފެއް ނުވެއެވެ. އަދި މިހަމަލާ އާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ވާ ކަން ނޫނީ ނުވާ ކަން ވެސް ފުލުހުން އަދި ހާމަ ކޮށްފައެއް ނުވެއެވެ.
ދޭތެރެ ދޭތެރެއިން މާލޭގައި މާރާމަރި ހިންގާ ތޫނު އެއްޗެހިން ވެސް މީހުންނަށް ހަމަލާދޭ މައްސަލަތައް ފެންމަތި ވެއެވެ، ގިނަ ފަހަރަށް މިފަދަ މައްސަލަތައް ހިންގަމުން އަންނަނީ ޒުވާނުންގެ މެދުގައި ހިނގާ ހަމަނުނުޖެހުންތަކާ އެކުގައިކަން ފާހަގަ ކުރެވެއެވެ.