ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު އަބްދުﷲ ޔާމީން އިސްވެ ހުންނަވައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރުކުރަން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތަކީ ރައްޔިތުންގެ ތާއީދު ނެތް ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެން، އަޖައިބުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، ޔާމީން ނަޝީދަށް ހޫނު ރައްދެއް ދެއްވައިފިއެވެ.
އދ. މަހިބަދޫގައި ގިނަ ބަޔަކު މިއަދު ކުރިއަށް ގެންދިޔަ އިންޑިއާ އައުޓް ހަރަކާތުގައި ބައިވެރިވެފައި ވާއިރު، އެތަނުގައި ތިބި އާންމުންނާ މުހާތަބުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ޔާމީން ވިދާޅުވީ، ނަޝީދު ކުރެއްވި ޓްވީޓުގެ ސަބަބުން، "އަޅުގަނޑު ހަމަ އަޖައިބުވެ، އަންތަރީސްވެ ކޮސްވާ" ކަމަށެވެ.
މިއަދު މެންދުރު ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، ޔާމީން އިންޑިއާ އާ ދެކޮޅަށް ހިންގަވާ އިންޑިއާ އައުޓް ހަރަކާތަށް ތާއީދެއް ނެތް ކަމަށާއި، އެ ހަރަކާތުގެ ސަބަބުން ރައްޔިތުންނަށް ގެއްލުން ލިބޭނެ ކަމެއް ކަމަށެވެ. އެހެންވެ، މި ހަރަކާތުގައި ޕީޕީއެމްގެ އާންމު މެންބަރުން ބައިވެރިނުވުމަށް ނަޝީދު އެދިވަޑައިގަތެވެ.
ނަޝީދުގެ ވާހަކަފުޅަށް ރައްދު ދެއްވައި ޔާމީން ވިދާޅުވީ، ޕީޕީއެމްގެ މެންބަރުންގެ މައްޗަށް ނަޝީދަށް ގޮތް ވިދާޅު ނުވެވޭނެ ކަމަށެވެ. ނަޝީދުގެ ގޮވާލުންތަކަށް އިޖާބަދީ، ނަޝީދުގެ ވާހަކަފުޅުތައް ގަބޫލުކުރާނެ މެންބަރުން ޕީޕީއެމްގައި ނެތް ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
އެހެންކަމުން، ޔާމީން ވިދާޅުވީ ވެރިކަމަށް ކުރިމަތިލެވޭ މީހުންނާއި މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލެވޭ މީހުންގެ ޝަރުތުތައް އަލުން ކަނޑައަޅަން ޖެހޭ ކަމަށެވެ.
ނަޝީދަށް ރައްދު ދެއްވުމުގެ އިތުރުން، ސަރުކާރު ކޯލިޝަންގެ ލީޑަރުންނަށްވެސް ނުސީދާ ގޮތެއްގައި ޔާމީން ފާޑުވިދާޅުވެފައި ވެއެވެ.
"ދެން ތިއްބެވި ސިޔާސީ ލީޑަރުންގެ ތެރެއިން ތިއްބެވި ބޭފުޅުންނަކީ ކޯއްޗެއްތޯ އައުޓްވާންވީ ނޭނގިގެން [ތިބި] މީހުންނާއި، ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާ." ޔާމީން ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ވާހަކަ ގަބޫކުރާމީހަކު ޕީޕީއެމްގައިނެތަސް ޔާމީނަށް މީހަގީގަތެއްކަންއެގޭނެ