ބިދޭސީއަކު 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އަތުގައި ހިފި މައްސައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ބިދޭސީ ފިރިހެނަކު 12 އަހަރުގެ ފިރިހެން ކުއްޖެއްގެ އަތުގައި ހިފިކަމުގެ މައްސަލައެއް މިއަދު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ބިދޭސީ މީހާ މިވަގުތު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގީ އެކުއްޖާ ގެއަށް ވަންނަން އުޅުމުގެ ތެރޭގައެވެ.

އެ ބިދޭސީ މީހާ އެކުއްޖާގެ އަތުން ދޫކޮށްލީ މީހުން ހަޅޭއްލަވަން ފެށުމުން ކަމަށް ވެސް މައުލޫމާތު ލިބެއެވެ.