ޒަހަމްތަކާއެކު ހުޅުމާލެ މަގުމައްޗަށް ވެއްޓިފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައި އޮތް ބިދޭސީއެއް ހުޅުމާލެ މަގުމަތީގައި އޮތް ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދަނީ ހަރަކާތްތެރިވަމުން ކަމަށެވެ. އަދި އެ މީހާ މިހާރު ހުޅުމާލެ ހޮސްޕޮޓަލަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
އެ ބިދޭސީ މީހާއަށް ލިބިފައިވަނީ ކޮން ޒަހަމެއް ކަމެއް އަދި ކިހާވަރެއްގެ ޒަހަމްތަކެއް ކަަމެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ.
ބިދޭސީ މީހާ އެމްބިއުލާންސްއަށް ލުމަށް ފުލުހުން ހަރަކާތްތެރިވާ ވީޑިއޯއެއްވެސް ވަނީ އާއްމުވެފައެވެ.