އުރީދޫ މޯލްޑިވްސް އިން މޫލީން މެދުވެރިކޮށް ސެމްސަންގް އެސް 22 އަލްޓްރާ ގެ ޕްރީ އޯޑާއަށް ހުޅުވާލައިފިއެވެ.
ޕްރީއޯޑަރ ކަަސްޓަަމަރުންނަށް މުޅި ރާއްޖެއަށް ހިލޭ ޑެލިވަރީ އާއެކު ސެމްސަންގް ގެލެކްސީ ބަޑްސް 2 އަދި 60 ޖީބީ ހިލޭ ޑޭޓާ ލިބޭނެއެވެ.
އުރީދޫން ބުނީ، މޫލީ މެދުވެރިކޮށް ސެމްސަން އެސް 22 އަލްޓްރާއަށް ޕްރީއޯޑާ ކުރެވޭ ގޮތަށް ހަމަޖއްސާފައިވާ ކަމަށާއި، ޕްރީއޯޑާ ކޮށްގެން ބަލައިގަންނަ ކޮންމެ ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ ފޯނަކާއެކު، ކޮންމެ މަހަކު 10 ޖީބީ ހިލޭ ޑޭޓާ، 6 މަސް ދުވަހަށް ދޭ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.
6 މަސް ދުވަހަކަށް ހިލޭ 10 ޖީބީ ޑޭޓާ ލިބޭ ގޮތަށް ހަމަޖައްސާފައިވާ އިރު އެ ޑޭޓާ ލިބޭނީ ފޯނަށް އެންމެ ފުރަަތަމަަ ލައްވާ އުރީދޫ ސިމް އަކަށް ކަމަށް އުރީދުން ބުނެއެވެ. އަދި ފޯނާ އެކު ސެމްސަން ގެލެކްސީ ބަޑްސް 2 ވެސް ލިބިގެން ދާނެ ކަމަށް އުރީދޫން ބުނެއެވެ.
ޕްރީއޯޑަރަށް މިއަދު ހުޅުވާލެވުނު ސެމްސަންގް ގެލެކްސީ އެސް 22 އަލްޓްރާ އުރީދޫގެ އީ ކޮމާސް ޕްލެޓްފޯމް މޫލީ މެދުވެރިކޮށް މިއަދުން ފެށިގެން މި މަހުގެ 18 އާާ ދެމެދު ޕްރީއޯޑާ ކުރެވޭނެއެވެ. އަަަަދި ޕްރީއޯޑާ ކުރާ ފަަރާާތްތަަކަށް ރާއްޖޭގެ ކޮންމެ ހިސާބަކަށް ވެސް މުޅިން ހިލޭ ގެންގޮސްދޭނެއެވެ.
5ޖީ ގެ ހަަަލުވި ސްޕީޑްތައް ތަަޖުރިބާ ކޮށްލެވޭ ގެލެކްސީ އެސް 22 އަލްޓްރާ ފަަރުމާކޮށްފައި ވަނީ ސެމްސަންގްގެ އެންމެ ކުރިއަރާފައިވާ، ކެމެރާ ސިސްޓަމާއެކު، ދުވާލު ނުވަތަ ރޭގަނޑުގެ ވަގުތުތަކުގައި ވެސް އެންމެ ފުރިހަމަ ފޮޓޯ އަދި ވީޑިއޯ ކުރެވޭ ގޮތަށެވެ. ރީތި ކުލަތަކާއި، ކެމެރާާ ލެންސް ރިންގާއި، ޒީނަތްތެރި ފްރޭމް އަދި ސްލިމް ޑިޒައިން އިން ފޯނަަށް ގެލެކްސީ އެސް 22 އަަލްޓްރާާ އިތުރަސް ފުރިހަމަ ކޮށްދެއެވެ.