ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ހަސަން މުޣުނީ ވަކިކޮށް އެ މަގާމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަހްމަދު ޝަރީފު މިއަދު ހަމަޖައްސައިފިއެވެ.

އީސީގެ ރައީސްގެ މަގާމު އަދާކުރުމުގެ ކުރިން ޝަރީފު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ މަސައްކަތްތައް ކުރައްވާފައެވެ. އަދި 2018 ގެ ރިޔާސީ އިންތިހާބަށްފަހު އެ އިންތިހާބުގެ ވޯޓު އޮޅުވައިލި ކަމުގެ ތުހުމަތު އިދިކޮޅުން އަދިވެސް އަންނަނީ ޝަރީފްގެ މައްޗަށްކުރަމުންނެވެ.

މީގެ ކުރިންވެސް ޝަރީފުސްޓެލްކޯގެ އެމްޑީގެ މަގާމަށް ހަމަޖައްސަން އުޅުނު ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.

އެ މަގާމުން މުޣުނީ ވަކުކުރުމަށްފަހު އެންވަޔަރުމެންޓް މިނިސްޓްރީގެ ދަށުން ހިންގާ އެނާޖީ އޮތޯރިޓީ ވެރިޔާގެ މަގާމަށް ހަމަޖެއްސުމަށް ނިންމާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

ސްޓެލްކޯގެ އިތުރުން 2 ކުންފުންޏެއްގެ ވެރިން ބަދަލުކުރަމަށް ނިންމާފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ. އެއީ ވެމްކޯއާއި ޕޯސްޓު އޮފީހެވެ. އަދި އެ 2 ކުންފުނީގެ ވެރިން ބަދަލުކުރަން ރައީސް އޮފީހުން ވަނީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އަށް ވަނީ އެދިފައެވެ.

މިގޮތުން ގެންނަން ހުށަހަޅާފައިވާ ބަދަލުތަކުގެ ތެރޭގައި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ހަމަޖެއްސުމާއި ޕޯސްޓް އޮފީހުގެ މެނޭޖިން ޑިރެކްޓަރަކަށް ބަދަލު ކުރުން ހިމެނެއެވެ.