މިއަދު 40 ފުލުހަކު، ފުލުހުންގެ ހިދުމަތާ އަލަށް ގުޅިއްޖެއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި، އަލަށް ހުވާކުރި 40 ފުލުހުންނަށް ހުވާ ލައިދެއްވީ ފެމިލީ ކޯޓުގެ ގާޒީ ޒައީމާ ނަޝީދު އަބޫބަކުރެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ފެމިލީ ކޯޓުގެ ގާޒީ ވަނީ ފުލުހުންގެ ހުވަޔާ އެއްގޮތަށް މަސައްކަތްކޮށް، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓައި، ފުލުހުންގެ ގާނޫނީ ވާޖިބު ފުރިހަމައަށް އަދާކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި މިއަދު 40 ފުލުހެއް ހުވާކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 16 އަންހެން ފުލުހަކާއި 24 ފިރިހެން ފުލުހެކެވެ.

ހުވާ ކުރުމަށް ފަހު ފުލުހުން ވަނީ ހުވާގެ ލިޔުމުގައި ސޮއިކޮށްފައެވެ.