މާލޭން އުމުރުން 23 އަހަރުގެ ޒުވާނަކު ގެއްލިގެން، އޭނާ ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.
ފުލުހުން ބުނީ، މީހަކު ގެއްލިގެން މިދިޔަ ހޮނިހިރު ދުވަހުގެ ވަގުތެއްގައި ރިޕޯޓުކުރުމާ އެކު، އޭނާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އަދި އޭނާ ހޯދިފައި ނުވާ ކަމަށެވެ.
ގެއްލިގެން ހޯދަމުން ދަނީ ޅ. ނައިފަރު / ޑޭޒީހިޔާ، އަހުމަދު ވިއާމް (23އ) ކަމަށް ފުލުހުން ބުންޏެވެ.
ވިއާމް އާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111، ނުވަތަ ނައިފަރު ފުލުހުންގެ ނަންބަރު 9792187 އާ ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.
މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން އެއްބާރުލުން ލިބެމުންދާ ކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.