އުރީދޫން ރާއްޖޭގެ 100އަށް ވުރެ ގިނަ ހެލްތު ސެންޓަރަށް ހެލްތު ކިޓް ހަދިޔާކުރަން ނިންމައިފިއެވެ.

އުރީދޫން ބުނީ މި ހެލްތު ކިޓްުތައް ރާއްޖޭގެ 167 ހެލްތު ސެންޓަރަކަށް ހަދިޔާ ކުރުމަށް ނިންމާފާއިވާ ކަމަށެވެ.

ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނޭ ތަކެތި:

  • ސްޓެތީސްކޯޕް (ޑޮކްޓަރު ކަށިގަނޑު)
  • ޑިޖިޓަލް ސްފިގްމޯމެނޯމީޓާ
  • ޕަލްސް އޮކްސިމީޓާ (އޮންސިޖަން ހުރި މިންވަރު ބަލާ އާލާތް)
  • އޮޓޯސްކޯޕް
  • ޑިޖިޓަލް ތެމޯމީޓާ (ހުން ބަލާ ޑިޖިޓަލް ކަށިގަނޑު)
  • ނެބިއުލައިޒާ މެޝިން (ލޭގެ ޕްރެޝަރު ބަލަން ބޭނުން ކުރާ ޑިޖިޓަލް މެޝިން)

ކޮވިޑް-19 ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި ކުރިމަތިލުމަށް ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އުރީދޫން އަންނަނީ އެހީ ފޯރުކޮށް ދެމުންނެވެ.

އެގޮތުން ޕެންޑެމިކާއި ބެހޭ މައުލޫމާތް ފަތުރައި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށްޓަކައި، ދިވެހި ސަރުކާރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ކަމާ ގުޅޭ އެކި ފަރާތްތަކާ ގުޅިގެން އުރީދޫ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.