އެންމެ ރީތި ތާރީހާ ދިމާކޮށް އުރީދޫގެ ޕްރިމިއާ ކްލަބް ކާޑު މެދުވެރިކޮށް ވިޔަފާރިކުރާ ބައެއް ތަންތަނުން ޑިސްކައުންޓް ދިނުމަށް ނިންމައިފިއެވެ.

މިއަދާ ދިމާކޮށް، އުރީދޫން ވަނީ އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ހާއްސަ އޮފާއެއް ހުޅުވާލައި، އެ އޮފާގެ ދަށުން ބައެއް ތަންތަނުންް ވިޔަފާރި ކުރުމުން 22 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭ ގޮތް ހަދާފައެވެ. އެ ގޮތަށް އުރީދޫ ކްލަބް ޕްރިމިއާ މެންބަރުންނަށް ޑިސްކައުންޓް ލިބޭ ތަންތަނަކީ:

  • ސީނޯ ކެފޭ
  • ރާދަފަތި ޖެމްސް އެންޑް ޖުވެލަރީ
  • ލަޝްލީ
  • މަންޑޭޒް
  • ލެ ޕާފިއުމް
  • ސެމިލިސް

އެ އޮފާގެ ދަށުން ކުރާ ވިޔަފާރިތަކަށް 22 ޕަސެންޓު ޑިސްކައުންޓް ލިބޭއިރު، މިމަހުގެ ނިޔަލަށް އެ އޮފާގެ ދަށުން ވިޔަފާރި ކުރެވޭނެ ކަމަށް އުރީދޫން ބުންޏެވެ.