ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހިނގާ އިޖުތިމާއީ މައްސަލަތައް އިތުރުވަމުން އަންނާތީ، އާންމުން ހޭލުންތެރިކުރުމުގެ ހަރަކާތެއް ފުލުހުން އިއްޔެ ހަވީރު ކުރިއަށް ގެންގޮސްފިއެވެ.

މި ހަރަކާތުގައި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހޭލުންތެރި ކުރުވުމަށް ގިނަ މައުލޫމާތު ތަކެއް ފުލުހުން ވަނީ ހިއްސާ ކޮށްފައެވެ. އެ ގޮތުން މުދަލާއި ގެދޮރުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރެވިދާނެ ކަންކަމާއި، އަދި ވައްކަމުގެ މައްސަލަތަކާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައި ވެއެވެ.

މީގެ އިތުރުން އަވަށްޓެރި ފުލުހުންގެ ހިދުމަތުގެ މައުލޫމާތާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ފުލުހުންނާއި ރައްޔިތުން ގުޅިގެން އެ ކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމާ ގުލޭ ގޮތުން ދެ ފަރާތުން މަޝްވްތާކޮށްފައި ވެއެވެ. އަދި އަމާން ރައްކާތެރި މާހައުލެއް ގާއިމު ކުރުމަށްވެސް ދެ ފަރާތް ގުޅިގެން މަސައްކަތް ކުރުމަށް ހިޔާލު ބަދަލުކޮށްފައި ވެއެވެ.

މި ހަރަކާތް ކުރިއަށް ގެންގިސްފައި ވަނީ ހުޅުމާލެ ނެއިބަހުޑް ޕޮލިހާއި، ރެސްޕޮންސް އެންޑް ޕެޓްރޯލް އަދި ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒް ގުޅިގެން ކަމަށް ފުލުހުން ބުނެއެވެ.