އައްޑޫ ސިޓީ މަރަދޫފޭދޫ ފަޅުގެއެއްގެ ތެރެއިން މަރުވެފައިއޮތް މީހަކު ފެނިއްޖެ ކަމަށް ފުލުހުން ބުނެފިއެވެ. މަރުވެފައި އޮއްވާ ފެނިފައިވަނީ ދިވެހި ފިރިހެނެކެވެ.

ފުލުހުންބުނީ އެ ގޭގައި މިވަގުތު ފުލުހުން ހަރަކާތްތެރިވަމުން ދާ ކަމަށެވެ.

އޭނާ ފެނުނު އިރު އިނީ ކަކޫ މައްޗަށް ވެއްޓި މަރުވެފައި ކަމަށް "ދް ޕްރެސް" އަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ބޭރުފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ.

މަރުވި މީހާ އަކީ މަރަދޫ ފޭދޫ މީހަކާ އިދެގެން އުޅޭ ފުވައްމުލަކު މީހެއް ކަމަށް އެ ރަށުން މައުލޫމާތު ދިން މީހަކު ވަނީ ބުނެފައެވެ.