ވ. ތިނަދޫގައި ހިނގި މާރާމާރީއެއްގެ މައްސަލަ ބަލަން ފަށައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މާރާމާރީ ހިނގާފައިވަނީ އެ ރަށު ކައުންސިލްގެ ރައީސް އާއި ނާއިބު ރައީސްއާ ދެމެދު އެވެ.

މިގޮތުން ކައުންސިލްގެ ނާއިބު ރައީސަށް ހަމަލާދީ މާރާމާރީ ހިންގީ ކައުންސިލްގެ ރައީސް ކަމަށް މައުލޫމާތު ލިބެއެވެ. އެކަމާ ގުޅިގެން ކައުންސިލްހެ ކޮމެންޓެއް ނުލިބެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ތިނަދޫގައި ދެމީހުންގެ މެދުގައި މާރާމާރީ ހިންގި ކަމުގެ މައުލޫމާތު އިއްޔެ 03:03 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާ ގެންދާ ކަމަށެވެ.