ހއ. މުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ކުރިއަށް ދަނީ އައު ހާބަރުގެ ބޭސިން ފުންކުރުމުގެ މަސައްކަތް ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިދިޔަ މަހުގެ މެދުތެރޭގައި އަމަލީ މަސައްކަތް ފަށާފައިވާ މުރައިދޫ ބަނދަރުގެ މަޝްރޫއަކީ ޕްލޭނިން މިނިސްޓްރީއިން އެމްޓީސީސީއާ 33.72 މިލިއަން ރުފިޔާއަށް ހަވާލު ކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 107 މީޓަރުގެ ސަރަހައްދެއްގެ ބޭރުތޮށި މަރާމާތު ކުރުން ހިމެނެއެވެ. ހަމައެއާއެކު 105 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 50 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުން ހިމެނެއެވެ. މީގެ އިތުރުން ބަނދަރާއި ނެރު ފުން ކުރުމާއި، ރޭމްޕެއް ހެދުމާއި، ވޯކްވޭ ބްރިޖެއް ހެދުމާއި، ނެރުބައްތިއާއި ބަނދަރު ބައްތި ހަރުކުރުމުގެ މަަސައްކަތް ހިމެނެއެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިއްމު މަރުހަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ އުމްރާނީ ތަރައްގީ އާއި އިޖުތިމާއީ ވަސީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ.