13 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާ ގުޅިގެން 33 އަހަރުގެ މީހަކު ކޯޓު އަމުރެއްގެ ދަށުން އުތުރުގެ ރަށަކުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، އެ މައްސަލަ ފުލުހުުންނަށް ހުށަހަޅާފައިވަނީ މިދިޔަ އަންގާރަ ދުވަހުގެ ވަގުތެއްގައި ކަމަށާއި، ޖެހިގެން އައި ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ މީހާ ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އޭނާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި 13 އަހަރުން ދަށުގެ މިކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ އެ އަންގެން ކުއްޖާގެ ދޮންބައްޕައެވެ.

ފުލުހުން ދަނީ އެ މައްސަލަ ބަލައި އިތުރަށް ތަހުގީގު ކުރަމުންނެވެ.