ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ 30 ޕަސެންޓް މުވައްޒަފުން ކޮވިޑް-19ގެ ތިން ވަނަ ޑޯޒް ކަމަށްވާ، ބޫސްޓާ ޑޯޒް ޖަހައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރިސޯޓު މުވައްޒަފުންގެ ތެރެއިން 99 ޕަސެންޓް މުވައްޒަފުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 97.1 ޕަސެންޓް މުވައްޒަފުން ވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

ވެކްސިން ޖެހި މުވައްޒަފުންގެ އަދަދު:

  • މުވައްޒަފުންގެ ޖުމްލަ އަދަދު: 46922
  • ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކުރި މުވައްޒަފުންގެ އަދަދު: 46455
  • ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަކުރި މުވައްޒަފުންގެ އަދަދު: 45540
  • ވެކްސިންގެ ތިން ވަނަ ޑޯޒް ފުރިހަމަކުރި މުވައްޒަފުންގެ އަދަދު: 14055
  • ވެކްސިން ތިން ވަނަ ޑޯޒް ނުޖަހާ ތިބި މުވައްޒަފުންގެ އަދަދު: 32867

އެޗްޕީއޭއިން ބޫސްޓާ ޑޯޒް ޖަހަން ފަށާފައި ވަނީ މިދިޔަ މަހުގެ ހަތަރުވަނަ ދުވަހުން ފެށިގެންނެވެ. އަދި ޓޫރިޒަމް ދާއިރާގެ މުވައްޒަފުންނަށް ބޫސްޓާ ޑޯޒް ޖަހަން ފަށާފައިވަނީ މިދިޔަ މަހު 15 ވަނަ ދުވަހުން ފެށިގެންނެވެ.

މިހާތަނަށް 98،014 މީހަކު ބޫސްޓާ ޑޯޒް ޖަހާފައި ވާއިރު ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 397،851 މީހުންނެވެ. އަދި 370،311 މީހުން ދެވަނަ ޑޯޒް ޖަހައި، ވެކްސިން ފުރިހަމަ ކޮށްފައިވާ ކަމަށް، އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.