ތިން ރަށެއްގައި ސާފު ބޯފެން އުފައްދަން ބޭނުންވާ ސާމާނު ޗައިނާއިން ރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ރާއްޖޭގައި ހުންނަ ޗައިނާގެ އެމްބަސީން ބުނީ، ސާފު ބޯފެން އުފެއްދުމަށް ބޭނުންކުރާ މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓްތައް ހެދުމަށް ބޭނުންވާ ސާމާނުގެ ފުރަތަމަ ތިން ސެޓް ރާއްޖެ ގެނެވިފައިވާ ކަމަށެވެ

މި ތަކެތި ފޮނުވުމަށް ހަމަޖެފައިވާ ތިން ރަށަކީ ރ. އަލިފުއްޓާއި ކ. ކާށިދޫ އަދި ޅ. އޮޅުވެލިފުށްޓަށް ކަމަށް އެމްބަސީން ވަނީ ބުނެފައެވެ.

މިދިޔަ މަހު ރާއްޖެއިން ޗައިނާއާއެކު ފަސް އެއްބަސްވުމެއްގައި ސޮއިކޮށްފައި ވާއިރު އޭގެ ތެރޭގައި 5 ރަށެއްގައި މައިކްރޯގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމް ކުރުމުގެ އެއްބަސްވުން ވެސް ހިމެނެއެވެ.

މި އެއްބަސްވުމުގެ ދަށުން ކ. ކާށިދޫ، ޅ. އޮޅުވެލިފުށި، ހއ. ކެލާ، ރ. އަލިފުށި އަދި ގއ. ދާންދޫގައި މައިކްރޯ-ގްރިޑް ސީވޯޓާ ޑީސެލިނޭޝަން ޕްލާންޓް ގާއިމް ކުރާނެއެވެ.

މި ޕްރޮޖެކްޓަކީ 199 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.