ކޮވިޑް ހާލަތު ބަދަލު ވަމުން އަންނަ މިދަނޑިވަޅުގައި އަމަލު ކުރަންޖެހޭ އުސޫލުތަކަށް ބަދަލުތައް ގެންނަ އިރު މި ވަގުތު ޕޮޒިޓިވް ވެފައިވާ ފަރާތެއްގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ހިމެނޭ ފަރާތްތަކުން ޕީސީއާރް ޓެސްޓު ހަދަން ޖެހޭ ގޮތުގެ ތަފްސީލް ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމު ކޮށްފިއެވެ.

އެޗްޕީއޭއިން އާންމު ކުރި މައުލޫމާތުގައި ދައްކާ ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވާ ފަރާތްތަކުގެ ޑައިރެކްޓް ކޮންޓެންޓުންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ހުރި ނަމަވެސް ކަރަންޓީން ވާންޖެހޭ ހާލަތްތަކަކާއި އަދި ޕީސީއާރް ހަދަން ޖެހޭ ވަގުތެއް އޮވެއެވެ. އެގޮތުން ޕޮޒިޓިވްވާ ފަރާތްތަކާ އެކުގައި ދިރިއުޅޭ ޑައިރެކްޓް ކޮންތެކްޓުން އަމަލު ކުރަންޖެހޭ ގޮތާއި ޕޮޒިޓިވްވާ ފަރާތްތަކާއި ވަކިން ދިރިއުޅޭ މީހުން އަމަލު ކުރާނެ ގޮތުގެ ތަފްސީލް އެޗްޕީއޭއިން ހާމަކޮށްފައި ވެއެވެ.

ޕޮޒިޓިވްވާ ފަރާތްތަކާ "އެކީ ދިރިއުޅޭ" ޑައިރެކްޓް ކޮންޓެކްޓުން:

  • ޕޮޒިޓިވްވާ މިހަކާއެކު ދިރިއުޅޭ ޑައިރެކްޓް ކޮންޓެކްޓެއް ނަމަ، ޕޮޒިޓިވްވި މީހާގެ އައިސޮލޭޝަން މުއްދަތް ހަމަވަން ދެން ޑައިރެކްޓް ކޮންޓެކްޓް ވެސް ކަރަންޓީންގައި ހުންނަން ޖެހޭނެ
  • ޕޮޒިޓިވްވާ މީހާ އައިސޮލޭޝަން މުއްދަތު ހަމަވުމުން ޑައިރެކްޓް ކޮންޓެކްޓްވި މީހާ ޕީސީއާރް ޓެސްޓެއް ހަދައި ނަތީޖާ ނެގެޓުވްވުމުން ކަރަންޓީނުގައި މަޑުކުރާކަށް ނުޖެހޭނެ
  • ޕޮޒިޓިވްވާ މީހާގެ އައިސޮލޭޝަން ހަމާވާތާ 5 ދުވަސް ފަހުން ޑައިރެކްޓް ކޮންޓެކްޓްވި މީހާ ޕީސީއާރް ޓެސްޓް ހަދަން ޖެހޭނެ

ޕޮޒިޓިވްވާ ފަރާތްތަކާ "ވަކިން ދިރިއުޅޭ" ޑައިރެކްޓް ކޮންޓެކްޓުން:

  • ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ ކަރަންޓީން ވާން ނުޖެހޭނެ
  • ބަލީގެ އެއްވެސް އަލާމާތެއް ނެތް ނަމަ، ޕޮޒިޓިވްވި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން 5 ދުވަސް ފަހުން ޕީސީއާރް ޓެސްޓެއް ހެދުން
  • ބަލީގެ އަލާމާތް ހުރި ނަމަ، އެންޓިޖެން ނުވަތަ ޕީސީއާރް ޓެސްޓެއް ހަދައި ނަތީޖާ ނެގެޓިވް ވެއްޖެ ނަމަ ކަރަންޓީން ވާން ނުޖެހޭނެ
  • ބަލީގެ އަލާމާތް ހުރެ އެންޓިޖެން ނުވަތަ ޕީސީއަރަކުން ވެސް ނެގެޓިވް ނަތިޖާއެއް ލިބިއްޖެ ނަމަ، ޕޮޒިޓިވްވި މީހާއާ އެންމެ ފަހުން ދިމާވި ތާރީހުން ފެށިގެން 5 ދުވަސް ފަހުން އިތުރު ޕީސީއާރް ޓެސްޓެއް ހެދުން

ޑައިރެކްޓް ކޮންޓެކްޓުންގެ ތެރެއިން މި އުސޫލަށް އަމަލު ކުރާނީ ހަމައެކަނި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކޮށްފައި ތިބި މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. ވެކްސިން ފުރިހަމަ ކޮށްފައިވާ މީހެއް ކަމަށް ބެލެވޭނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރިތާ 14 ދުވަސްވެފައިވާ ނަމައެވެ. އަދި ދެ ޑޯޒް ވެކްސިން ޖެހިތާ ހަ މަސް ވެފައިވާ ނަމަ އެ ފަރާތެއް ބޫސްޓާ ޑޯޒް ޖަހާފައިވާ ނަމައެވެ.

މި ވަގުތު ކޮވިޑް ބަލި ހަލުވިކަމާ އެކު ފެތުރެމުން މި ދާ ދަނޑިވަޅުގައި ޓޭސްޓު ހަދަން ދާ މީހުން އެޗްޕީއޭގެ އެންގުންތަކަށް ސަމާލުވުމަކީ މި ވަގުތު ބަލި ފެތުރުން ކޮންޓްރޯލް ކޮށް އިތުރު ހަރުކަށި ފިޔަވަޅުތައް އެޅިޔަ ނުދީ ހިފެހެއްޓުމަށް ކުރެވޭނެ ކަންކަމެވެ. އެހެންކަމުން މި ވަގުތު ކޮވިޑް ބައްޔަށް ޕޮޒިޓިވް ވެފައިވާ ފަރާތަކާ ބައްދަލުވެފައި ވާ ފަރާތެއް ނަމަ އެޗްޕީއޭގެ މި އެންގުމާ އެއްގޮތަށް އަމަަލު ކުރުމަކީ ފަރުދީ ޒިންމާއެކެވެ.