ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ވެރިކަންކުރާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދު އިންތިހާބުވި ނަމަވެސް، އެ އިންތިހާބުގެ ނަތީޖާއިން އެމްޑީޕީއަށް 50 ޕަސެންޓު ނުލިބުމުން އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މާޔޫސްވެ ވަޑައިގެންފިއެވެ.
ހުސްވެފައިވާ ކޮމަންޑޫ ދާއިރާއަށް ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ރާޝިދު އިންތިހާބުވެ ވަޑައިގެންފައި ވަނީ އިއްޔެ ބޭއްވި އިންތިހާބުގައި ވާދަކުރައްވާ 1،401 ވޯޓް ހޯއްދަވައިގެންނެވެ. އޭނާ އާ އެންމެ ގާތުން ވާދަކުރެއްވި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު މޫސާ ފަތުހީ އަށް ލިބިވަޑައިގެންފައި ވަނީ 1،161 ވޯޓެވެ. އެއީ 240 ވޯޓުގެ ތަފާތެކެވެ. އެއާއެކު ރާޝިދަށް ލިބިވަޑައިގެންނެވީ ޖުމްލަ 48.56 ޕަސެންޓެވެ.
އެހެންވެ، އެމްޑީޕީގެ ވަޓްސްއަޕް ގްރޫޕަށް ރޭ ކުރެއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، ކޮމަންޑޫ ދާއިރާގެ ނަތީޖާ 50 ޕަސެންޓު ހުރަސް ނުކުރާ ކަމަށާއި، އެހެންކަމުން ވެރިކަމުގެ ނިޒާމް ބަރުލަމާނީއަށް ބަދަލުނުކޮށްފި ނަމަ އެމްޑީޕީން ރާއްޖޭގެ ވެރިކަމުގައި ދެން ނުތިބޭނެ ކަމަށެވެ.
ނަޝީދު މިފަދައިން ވިދާޅުވެފައި ވާއިރު، އެމަނިކުފާނަކީ ބަރުލަމާނީ ނިޒާމަށް ތާއީދުކުރައްވައި އެކި ފަހަރު މަތިން ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އެގޮތުން އެންމެ ފަހުން މަޖިލީހުން ބޭއްވި އާސްކް ސްޕީކާ ޕްރޮގްރާމްގައި ނަޝީދު ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކުރިން ވެރިކަން ހިންގުމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގާނެ ކަމުގެ އިޝާރާތެއް ދެއްވާފައެވެ. އަދި އަންނަ އަހަރުން ފެށިގެން ރިޔާސީ ނިޒާމް ކުރިއަށް ނުދާނެ ކަމުގެ ވިސްނުމެއްވެސް އެމަނިކުފާނު ގެންގުޅުއްވާކަން ވަނީ ހާމަ ކުރައްވާފައެވެ.
އެބުނާހެން 5 ލީޑަރުންނާއި މުޅި ދިވެހި ދައުލަތުގެ ހުރިހާ ވަސީލަތަކާއި އޭނަގެ އިންޑިއާ ވެގެން 46% ޔާމީނު އެކަނި 41%، އަސްލު ރުޅިމަޑު. ދެން އަންނިގެ % ނުވަތަ އެމްޑީޕީގެ % ކިހާވަރެެއް. ލަދުވެތި ދޯ؟
ޢެވަރުން ރިސްވަތާ އެކު ސަރުކާރާ ކޯލިސަން ގޮސްގެން ވީވަރުދޯ ހާދަދެރައޭ
ރަނގަޅު މިވަރަށް ޚަރަދުކޮށް ސަރުކާރާ ހުރިހާ މިނިސްޓަރުންނާ ރައްޔިތުން މަޖިލިސް މެމްބަރުންނާ އައްޑުއަށް ނިސްބަތްވާ މޭޔަރުންނާއި ސަރުކާރުގެ ހުރިހާ ކުންފުނިތަކުން ކުރި މަސައްކަތާ ހިންގަން ފެށި ޕްރޮޖެކްތަކުގެ ސަބަބުންވެސް ދެބައިކުޅަ އެއްބައި ވޯޓް ނުލިބުމަކީ ރިޔާސީ އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ނުވާނެ ކަމުގެ އަލިގަދަ ހެއްކެއް އަދި ބަރުލަމާނީ ގެންނަން ފެންނަ ވޯޓް ވެސް ނާކާމިޔާބު ވާނެ ކަމުގެ ހެއްކެއް.