ސްރީލަންކާގެ ދެހިވެލަ ބީޗްގައި މަރުވެފައި އޮއްވާ ފެނުނު ދިވެހި ޒުވާނާ، ދ. މީދޫއަށް އުފަން، އުމުރުން 23 އަފްހާމް ނަސީރު ޕޯސްޓްމޯޓަމް ހަދަން ނިންމައިފިއެވެ.

ރޭ ލަންކާގެ ދެހިވެލަ ބީޗްގައި ޒަހަމްތަކަކާއެކު މަރުވެފައި އޮތީ އަފްހާމް ކަން ލަންކާގެ ޕޮލިހުން ޔަގީންކޮށްފައި ވާކަމަށް ވެސް މައުލޫމާތު ލިބެއެވެ. އަދި މިއަދު އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވާ ކަމަށް މައުލޫމާތު ވަނީ ލިބިފައެވެ.

އަފްހާމް މަރުވެފައި އޮއްވައި ފެނުނު ސަރަހައްދުން ވަޅިއެއް ފެނިފައި ވާއިރު އެ ސަރަހައްދުން އޭނާ ގެންގުޅުނު ބައެއް ސާމާނު ވެސް ފެނިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެކަމާ ގުޅިގެން ދިވެހި ފުލުހުން ބުނީ ލަންކާގައި ދިވެހި ފިރިހެނަކު މަރާލާފައި އޮއްވާ ފެނިފައިވާ ކަމަށް ދެކެވޭ ވާހަކަ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ލަންކާގެ ދެހިވެލަ ގޮނޑުދޮށުގައި މަރުވެފައި އޮއްވާ ފެނުނު 2 މީހުންގެ ތެރެއިން އެކެއްގެ ހަށިގަނޑު ތޮށިމައްޗަށް އެއްލާލައިފައި / ފޮޓޯ: ޑެއިލީމިރާ

އިއްޔެ ލަންކާގެ ނޫސްތަކުގައި، ގޮނޑުދޮށުގައި މަރުވެފައި އޮތް ދެ މީހެއްގެ ހަށިގަނޑު ފެނިފައި ވާ ކަމަށް ރިޕޯޓު ކުރިއެވެ. ނަމަވެސް އެއިން އެކަކީ ދުވަސްވެފައިވާ މީހެކެވެ. ދެން އޮތް މީހާ ލައިގެން އޮތީ އަފްހާމް ގެއްލުނުއިރު ލައިގެން ހުރި ވައްތަރުގެ އެއްޗެއް ނޫން ކަމަށް އެމްބަސީ އާ ހަވާލާދީ އޭނާ ވަނީ ބުނެފައެވެ.

އަފްހާމް ގެއްލުނުއިރު ލައިގެން ހުރީ ކަޅު ކުލައިގެ ގަމީހެއް ކަމަށާއި ލަންކާ ގޮނޑުދޮށުން ފެނުނު މީހާ ލައިގެން އޮތީ އަލިކުލައެއްގެ އެއްޗެެއް ކަން އެނގިފައިވާ ކަމަށްވެސް އެ މީހާ ވާނީ ކިޔައިދީފައެވެ.

އަފްހާމްގެ ހަށިގަނޑު އޮތްތަނުގެ ވީޑިއޯއެއް ލަންކާގެ މީޑިއާއަކުން މިއަދު ވަނީ އާއްމު ކޮށްފައެވެ.