ށ. ކޮމަންޑޫ ދާއިރާގެ އިންތިހާބު (ބައި-އިލެކްޝަން) ގެ ވޯޓުލުން ފޯރީގައި ފަށައިގެން ކުރިއަށްދާ އިރު މިހާރު 44 ޕަސެންޓް މީހުން ވޯޓު ލައިފި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

ކޮމަންޑޫ އިންތިހާބުގައި 3،309 މީހަކަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެއެވެ. އިސީން ބުނީ އޭގެ ތެރެއިން މިއަދު މެންދުރު 12:00 އާ ހަމައަށް 1472 މީހަކު ވޯޓުލާފައިވާ ކަމަށެވެ. އެއީ 741 ފިރިހެނުންނާއި 731 އަންހެނުންނެވެ.

މާލެ ސަރަހައްދުގެ އިތުރުން ށ ކޮމަންޑޫ، މަރޮށި އަދި ފޯކައިދޫގަައި ވޯޓުލާ މަރުކަޒުގައި ވޯޓުލުން ކުރިއަށް ދާ އިރު، ވޯޓު ކިޔުގައި އެކަށީގެންވާ އަދަދަކަށް މީހުން އެބަތިއްބެއެވެ.

ށ. ފޯކައިދޫގައި ވޯޓުލާން ކިޔު ހަދާފައި ---

މި އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިގެން ވާ މީހުން ނިސްބަތްވާ ރަށާއެކު:

  • ކޮމަންޑޫގެ 1،406 މީހުން
  • ފޯކައިދޫން 1،202 މީހުން
  • މަރޮށިން 701 މީހުން

މި ދާއިރާއަށް ވޯޓުލާން މާލޭގައި ބެހެއްޓި 2 ފޮށްޓަށް ތިން ރަށުގެ 1،300 މީހަކު ވޯޓުލާނެއެވެ.

ށ. ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާ ގަޑިތަކާއި ވޯޓު ފޮށިތައްކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ، އެ ގޮނޑި ތަމްސީލު ކުރައްވަމުން ގެންދެވި ހުސައިން ވަހީދު ކެންސަރުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިދިޔަ ޑިސެމްބަރު މަހުގެ 14 ގައި އަވަހާރަވުމުންނެވެ.

ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ އިތުރުން، މާދަމާ ތ. ވިލުފުށްޓާއި، ގއ. ގެމަނަފުށީގެ އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުވެސް ކުރިއަށް ދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ